ފޮޓޯ: ރައީސް އޮފީސް

ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދަން ބޭނުން: ރައީސް މުއިއްޒު

21 Jan 2025, 09:52

ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދަވަން ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރ. ވާދޫއަކީ މުޅި ރަށުގެ ހުރިހާ ހަކަތައެއް އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން އަދި ހާއްސަކޮށް ސޯލާ ޕަވާއިން ދޭ ރަށަކަށް ހެއްދެވުމަކީ ނުހަނު ބޭނުންފުޅު ވާ ކަމެއް ކަމަށެވެ.

ވާދޫގެ ތަރައްގީއަށް ހާއްސަ ކަންތައްތަކެއް އެބަހުރިކަމަށާއި، ރ.ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައި އޮތް ރަށެއްކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުންވެސް ވާދޫގެ ދާއިމީ ގޮތެއްގައި ކުނީގެ މައްސަލައަށް ހައްލު ގެންނަވާނެ ކަމާއި، އެކަން ހަމަޖެހިގެން ދާއިރު، މިހާރު ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ މައްސަލަވެސް ފަސޭހަ ކަމާއެކު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

All Rights Reserved © 2025 Falas