މިއަހަރަކީ އަމަލީ މަސައްކަތުގެ އަހަރު، ކުރިއަށް އޮތީ ގައުމީ މޫސުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައިސް މުއިއްޒު ވިދާޅުވީ، އަޒުމަކީ ތެދުވެރިކަމާއި އިހްލާސްތެރިކަން އަބަދުވެސް ކުރިޔަށް ނެރުން ކަމަށެވެ. އަދި ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި، މަސައްކަތް ކުރުން ކަމަށެވެ.
ރައިސް މުއިއްޒު ވިދާޅުވީ އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދިވެހީންގެ އިސްލާމީ އަޤީދާ ވަރުގަދަކުރުމަށްޓަކައި ފާއިތުވި އަހަރު ގިނަގުނަ މަސައްކަތްތަކެއް ކުރިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.