ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ގުޅިފަޅުގެ އިތުރަށް ހިއްކައި 4000 ހައުސިން ޔުނިޓް އަޅަނީ

06 Feb 2025, 10:33

ގުޅިފަޅުގައި 4000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުއް މިއަހަރު ފެށުމަށް ނިންމާފައިވާކަމަށާއި އަދި ގުޅިފަޅުގެ ބިން އިތުރަށް ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގުޅިފަޅުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ގުޅިފަޅުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި މަގު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

ގުޅިފަޅުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއު މިއަހަރު ފެށުމަށް މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.

މީގެއިތުރުން ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާ 4000 ފްލެތް ލިބޭ ފަރާތްތަކުގެ ލިސްޓް ރޯދައިގެ ކުރިން އާންމު ކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

All Rights Reserved © 2025 Falas