އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެރިން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީތައް އިއްވާފަ އެވެ.
ފޮނުވާފައިވަނީ އީސީގެ ރައީސް އަދި ނައިބުރައީސްގެ އިތުރުން އޭސީސީގެ ނައިބުރައީސްގެ މަގާމަށް ބޭފުޅުން އައްޔަނު ކުރުމަށެވެ.
މި މައްސަލަ ދިރާސާ ކުރުމަށްވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.