ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ / ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ: ފަހުމީ

04 Mar 2025, 15:05

ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާނުލާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށެވެ.

”މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ. އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ. ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު.“ ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.

އެގޮތުން ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ. އަދި ސްޓެލްކޯ ވެބްސައިޓް ⁦‪stelco.com.mv/rpex‬⁩ މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

All Rights Reserved © 2025 Falas