ސިހުރުގެ މައްސަލައެއްގައި ހޯރަފުށިން މީހަކު ހައްޔަރުކޮށްފި

06 Apr 2025, 11:38

ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހއ. ހޯރަފުށިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނުގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ އޭޕްރިލް 2 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ވ. ކެޔޮދޫ / ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް (34އ) އެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގަ އެވެ.

މީނާގެ ބަންދަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

All Rights Reserved © 2025 Falas