އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ދޮގުމައުލޫމާތުދިން ކަމަށް ބުނެ މައްސަލައެއް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ފަރާތުން ފުލުހަށް ހުށަހަޅުއްވައިފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު އެވެ.
އޭސީސީގެ ރައީސް ޝާމލްއާ ދެކޮޅަށް މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށާފައިނުވަނީސް، ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށްބުނެ އޭސީސީގެ ރައީސް ޝާމިލް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުވައި ދޮގުމައުލޫމާތު ދީފައިވާ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށްއެދި އެވެ.
މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން މީގެކުރިން ވަނީ، ޝާމިލްއާ ދެކޮޅަށް އޭސީސީއަށްވެސް މައްސަލައެއް ހުށަހަޅާފަ އެވެ.
މީގެއިތުރުން، ފަނޑިޔާރު އަޒްމިރާލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކޮށްދިނުމަށްވެސް މިއަދު ފުލުހައި އެދިފައިވެ އެވެ.